ދިރާގުން ބުނި ގޮތުގައި މިއީ ވެސް ހުސް އެޗްޑީ ޗެނަލްތަކެކެވެ.
މިއަދު އިތުރު ކުރެވުނު މިޗެނަލްތަކުގެ ތެރޭގައި ހިމެނެނީ ސޮނީ ޕިކްޗަރސް ނެޓްވޯކުގެ ޕްރީމިއަމް ޗެނަލް ތަކެކެވެ. އޭގެ ތެރޭގައި ސޮނީ ޕިކްސް، ސޮނީ ޕްލަސް އެޗްޑީ، ސޮނީ ރޮކްސް އާއި ސޮނީ ބީބީސީ އަރތު އަދި ސޮނީ ޓެން 2 ވެސް ހިމެނެއެވެ.
ދިރާގު ހެޑް އޮފީހުގައި މިކަމާއި ގުޅޭ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން، ސޮނީ ޕިކްޗަރސް ނެޓްވޯކް އިންޑިއާ ގެ ޑައިރެކްޓަރ އޮފް ބިޒްނަސް ޑެވެލޮޕްމެންޓް ސުޝިލް ސިންގް ވިދާޅުވީ ސޮނީ ނެޓްވޯކްގައި އެޗްޑީ ޗެނަލްތަކާއި އެކު ގާތްގަނޑަކަށް 34 ޗެނަލް ހިމެނޭ ކަމަށެވެ. އަދި ރާއްޖެއަށް ސޮނީގެ ޗެނަލްތައް ފޯރުކޮށްދޭތާ 12 އަހަރަށް ވުރެ ގިނަދުވަސް ވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިރާގުން ޓީވީ ޗެނަލްތަކުގެ ޚިދުމަތް ދޭން ފެށުމުން، އެކުންފުންޏަށް ޗެނަލްތަކެއް ފޯރުކޮށްދެވުމަކީ ދިރާގާއިއެކު ޕާޓްނަރކަން ބޭއްވުންފަދަ ކަމެއް ކަމުގައި ވެސް ސުޝިލް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑު ޝައުޤެއް އޮންނަ ޤައުމެއްކަން ދައްކައި ދިނުމުގެ ގޮތުން، ދިރާގުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓްރީޓް ސްޓައިލް ފުޓްބޯލަރސް ކަމުގައިވާ "ޗަރުކޭސް" ގްރޫޕުގެ ދެ މެންބަރެއްގެ ހަރަކާތްތަކެއް ވެސް ދައްކާލާފައިވެއެވެ.