ޕެރަޑައިސް ރިސޯޓުގެ އަވަރ ކަޕްގެ ސެމީއަށް ޓީމުތައް ހޮވިއްޖެ

ކިޔުމަށް ހޭދަވާނީ 53ސ
ޕެރަޑައިސް ރިސޯޓުގެ އަވަރ ކަޕްގެ ސެމީއަށް ޓީމުތައް ހޮވިއްޖެ


ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރުކުރިއަށްދާ އަވަރ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ޓީމުތައް ހޮވިއްޖެއެވެ.

މި މުބާރާތުގެ ސެމީއަށް 4 ޓީމު ހޮވުނު އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗު މިއަދު ހަވީރު ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ސާރފް ސްޕޯޓްސް އާއި އެފްސީ ބްލޫސް އެވެ.
މިއަހަރުގެ މުބާރާތުގައި 5 ޓީމު ބައިވެރިވެފައިވާ އިރު، ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އެޗްކޭ އަމިގޯސް، އެފް އެންޑް ބީ ސަކްސެސް، ސާރފް ސްޕޯޓްސް އަދި އެފްސީ ބްލޫސްއެވެ.
ސެމީއަށް ނުހޮވި މުބާރާތަށް އަލްވަދާޢު ކިޔާފައިވަނީ ބީޑީބޮސްނިއާ އެވެ.

އެ ރިސޯޓުގެ މުއައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވާ،ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު އިތުރުކުރުވާ، މުބާރާތެއްގައި ވާދަކުރުމުގެފުރުޞަތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ސެމީ ފައިނަލް މިމަހުގެ 27 އަދި 29 ގައި ކުޅުމަށްތާވަލުކޮށްފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިއޮކްޓޯބަރ މަހުގެ 31 ވާ އަންގާރަ ދުވަހުއެވެ.
މިއަދު އޮންލައިން