އާދަޔާ ޚިލާފު ބިރުވެރި ސުއިތްޕެއް، މީހުން ބުނަނީ އެއީ "އޭލިއަން" އެއް ކަމަށް!

ކިޔުމަށް ހޭދަވާނީ 1މ 35ސ
އާދަޔާ ޚިލާފު ބިރުވެރި ސުއިތްޕެއް، މީހުން ބުނަނީ އެއީ "އޭލިއަން" އެއް ކަމަށް!
އާދަޔާ ޚިލާފު އަދި ބިރުވެރި ގޮތަކަށް އުފެދިފައިވާ ސުއިތްޕެއް އިންޑޮނޭޝިއާ އިން ފެނިއްޖެއެވެ. އެސޫފި އޭތީގެ ކެހެރި ފަޅާފައި ހުރި ފައިތައް ތަޅުވާ މަންޒަރު ބަޔަކު މީހުންވަނި ވީޑިއޯ ވެސް ކޮށްފައެވެ.

މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މިސުއިތްޕަކީ "އޭލިއަނެއް" ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމީހުން ނަގާފައިވާ ވީީޑިއޯ އިން ފެންނަނީ (ސުއިތްޕަކަށް ބަލާއިރު) ފުދޭ ވަރަކަށް ބޮޑު ހަށިގަނޑެއް ލާފައިހުރި މިސޫފި، އޭތީގެ ދިގުދިގު ހަތަރު ފައި ތަޅުވަމުން ކުރިއަށްދާ މަންޒަރެވެ. އޭތީގެ ހަށިގަނޑު ހުރީ އޮރެންޖު ކުލައިގައެވެ.

"ގޭންޑިސް" ނަމަކަށް ކިޔާ މީހަކު އެވީޑިއޯ ފެސްބުކް ގައި ޕޯސްޓު ކުރުމުން، ގިނަ ބަޔަކުވަނީ އެބަލާފައި ވަރަށް ބިރުގެންފައެވެ. އެކަކު ބުނެފައިވަނީ، އޭނާގެ ގެއިން އެފަދަ އެއްޗެއް ފެނިއްޖެނަމަ ބިރުންގޮސް މުޅި ގެ އަންދާލެވިދާނެ ކަމަށެވެ. އަނެކަކު މަޖަލަކަށް ކަހަލަ ގޮތަކަށް ބުނެފައިވަނީ އެއެއްޗަސް ގޭގެ ތަޅުދަނޑި ދީފައި، އެއީ އޭތީގެ ގެއެއްކަމަށް ބުނެފައި އަވަހަށް އެތަނުން ފިލުމަށެވެ.

އެހެން މީހަކު ވަނީ އެއީ ކޮން އެއްޗެއްތޯ އަހާ، އެފަދަ އެއްޗެއް ބޮލިވިއާ އިން ވެސް ފެނުން ކަމަށް ބުނެ، އޭތި ވައްތަރީ އޭލިއަނަކާ ކަމަށް ބުނެފައެވެ.

"އޭލިއަން" އެއްކަމަށް ބުނާ މިސުއިއްޕަކީ ޙަގީގަތުގައި "ކްރިއޭޓޮނޮޓަސް ގެންގިސް" ނަމަކަށް ކިޔާ މޮތެކެވެ. އެސޫފި އައްމުގޮތެއްގައި ފެންނަކަމަށް މައުލޫމާތު ލިބިފައިވަނީ އިންޑޮނޭޝިއާ، އިންޑިއާ، ޝްރީ ލަންކާ، ޖަޕާން، ތައިލެންޑް، ނިއު ޖީނިއާ އަދި ކުއީންސްލޭންޑް އިންނެވެ.

ރިސާޗަރުން ބުނިގޮތުގައި ބިރުވެރި ގޮތަކަށް މިސޫފި އިންކަމުގައި ވިޔަސް، އެއީ އިންސާނުންނަށް އެއްވެސް ގެއްލުމެއް ދޭ އެއްޗެއް ނޫނެވެ. އަދި އާންމުގޮތެއްގައި އެސުއިތްޕަކީ އަންނާރު ގަސްތަކުން ފެންނަ ސުއިތްޕެކެވެ.
އާދަޔާ ޚިލާފަށް އުފެދިފައިވާ ފައިތައް އޭތި ތަޅުވަނީ، ބައިވެރިއަކު ހޯދުމަށެވެ.


މިއަދު އޮންލައިން