ސޯފިއާ ހަޔާތަކީ އެކިފަހަރު އެކި އެއްޗެހި ކިޔަމުން ދުވާ ދޮގުވެރި އެކެވެ. އޭނާއަކީ އިންޑިއާ އަށް އުފަން ނަމަވެސް ބްރިޓެން ގައި ރަށްވެހިކަން އޮންނަ އެކްޓްރެސްއެއް، ލަވަ ކިޔުންތެރިއެއް އަދި މޮޑެލްއެކެވެ.
މަޝްހޫރުކަމުގައި އުމުރު ހޭދަކުރި ސޯފިއާ މަތިން ކިރިޔާވެސް މީހުން ހަނދާން ނެތި، އޭނާއަކީ ކާކުކަން ނޭނގޭނަމަ، އޭނާ ބަލަނީ މީހުންގެ ސަމާލުކަން ހޯދަން، ކޮންމެވެސް ދޮގު ވާހަކައެއް ފަތުރާ ޕަބްލިސިޓީ ސްޓަންޓެއް ޖެއްސޭތޯއެވެ. އެގޮތުން ވަރަށް ފަހުން އޭނާވަނީ ދުވަހަކުވެސް މީހަކާއި ނީންނާނެ ކަމަށް ބުނެ އޭނާއަކީ "ނަން" އެއް ކަމަށް ބުނެފައެވެ. ނަމަވެސް އެހެން ބުނިތާ މާގިނަ ދުވަހެއް ނުވެ އޭނާވަނީ މިއަހަރުގެ އޭޕްރިލް މަހު ލިއާދް ސްޓެނެސްކު އާއި ކައިވެނި ކޮށްފައެވެ.
މީހުންގެ ސަމާލުކަން ހޯދުމަށް އޭނާ ފަތުރަމުންދާ ވާހަކަތައް އެހިސާބުން ނުނިމެވެ. މިހާރު ސޯފިއާ ގެ ޓާގެޓަކަށް ވެފައިވަނީ މުސްލިމުންނެވެ. އެގޮތުން އޭނާވަނީ، ކަނާތުގައި ޓެޓޫއަކަށް މާތް ﷲ ގެ އިސްމުފުޅު ޖަހާފައެވެ. ސޯފިއާ ހަޔާތަކީ ބަރަހަނާވެ އޮވެފާޑުފާޑުގެ ލަވަތައް ވެސް ކުޅޭ މީހެކެވެ.
އޭނާ މިހާރު ދައްކަމުންދުވާ ދޮގު ވާހަކައަކީ މާތް ވެގެންވާ މައްކާގައި މީހަކު އޭނާއަށް ޖިންސީ ފުރައްސާރަ ކުރިކަމަށެވެ. އޭނާ އެހެން ބުނެ ދޮގު ޚަބަރު ފަތުރާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.
އިސްލާމްދީނާއި މުސްލިމުންނަށް ހުތުރުނަން އަރުވަން އެފަދަ ވާހަކަ ފެތުރިއިރު، މައްކާގެ މާތް ބިމަށް މުސްލިމް ނޫން މީހުންނަށް ނުވަދެވޭނެކަން ވެސް އޭނާއަށް ނޭނގުނެވެ.
ސޯފިއާގެ އެވާހަކަތަކަށް ގިނަ ބަޔަކު ވަނީ ހަޖޫ ޖަހާފައެވެ. މުސްލިމުން ނޫން ބަޔަކަށް މައްކާއަށް ނުވަދެވޭނެކަން، ގިނަ ބަޔަކު އޭނާއަށް ހަނދާން ކޮށްދީފައިވާއިރު، އަނެއް ބަޔަކު އޭނާގާތު ބުނެފައިވަނީ، ޖިންސީގޮތުން އެންމެ ގިނައިން ފުރައްސާރަ ކުރަންޏާ ކުރާނީ އޭނާގެ ޤައުމުގެ މީހުން ކަމަށާއި އެއީ އޭނާ ކުޅޭ ބަރަހަނާ ލަވަތަކާއި ހެދުން އަޅާ ގޮތްތަކުން ކަމަށެވެ.