އުރީދޫގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްޞަ ޢިނާޔަތްތައް ދިނުމަށް އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
އުރީދޫގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްޞަ ޢިނާޔަތްތައް ދިނުމަށް އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި
ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫއިން ބައިވެރިވެ، އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްޞަ ޢިނާޔަތްތައް ލިބިދޭނެކަން އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކުރެވިގެން ދިއައީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ބައިވެރިންނަށް މިއަދު ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

މިގުޅުމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވީ "އަގޯޑާއާއެކު މިއަދު އިޢުލާނުކުރެވުނު ޕާރޓްނަރޝިޕާއެކު މިއަދަކީ އަޅުގަނޑުމެންގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ވަރަށް ޚާއްޞަ ދުވަހެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއަރ މެމްބަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް. މި ފުރުޞަތުގައި އަޅުގަނޑުމެންގެ ޕާރޓްނަރ އަގޯޑާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ކުރިމަގުގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ޚިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން." ކަމަށެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ޕްރޮގްރާމް ފެށުނުފަހުން އުރީދޫއިން ދަނީ އެޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބެނިވިގޮތަށް ޚިދުމަތް ބައްޓަން ކުރަމުންނެވެ. މިގޮތުން ދާދިފަހުން ހުޅުވުނު ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްޞަ ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތެއްގެ އިތުރުން، ކްލަބް ޕްރިމިއަރ މެންބަރުންނަށް މަތީ ފެންވަރުގައި ޚިދުމަތް ލިބިދެވޭނެއެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 އޮންނާނީ 28 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހުގެރޭ 8:30ގައި އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައެވެ. އުރީދޫ މޯލްޑިވްސްއަކީ ސައުރު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ޕްލެޓިނަމް ޕާރޓްނަރއެވެ.

މިއަދު އޮންލައިން