ބަހްރައިންގައި ފުލުހުން ދަތުރުކުރި ބަހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފުލުހުން ޒަޚަމްކޮށްލައިފިއެވެ. މި ހަމަލާ އާއިބެހޭ އިތުރު ތަފްޞީލުތައް ބަހްރައިނުން އަދި ހާމައެއް ނުކުރެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިހަމަލާ ދީފައިވަނީ ޚަލިފާ ބިން ސަލްމާން ހައިވޭގައި ފުލުހުން ދަތުރުކުރި ބަހަކަށެވެ. ޔޫއޭއީގައި ހިންގާ މިފަދަ އަމަލުތައް ހިންގަނީ އީރާނުގެ މަދަދުވެރިކަމާއެކުގައި ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.