ކުޅިބަލައި އަތްޖަހަން ތިބެގެން ރޮހިންޔާ މުސްލިމުންގެ ހާލަތު ބަދަލެއް ނުކުރެވޭނެ: ކްއީން ރާނިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކުޅިބަލައި އަތްޖަހަން ތިބެގެން ރޮހިންޔާ މުސްލިމުންގެ ހާލަތު ބަދަލެއް ނުކުރެވޭނެ: ކްއީން ރާނިއާ
އިސްލާމީ ޤައުމުތަކުން ކުޅިބަލައި އަތްޖަހަން ތިބެގެން ރޮހިންޔާ މުސްލިމުންގެ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށް އުރުދުންގެ ރާނީ، ރާނިއާ ވިދާޅުވެއްޖެއެވެ.

ރާނިއާ މިމޭރުމުން ވިދާޅުވެފައިވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުންގެ ކޭމްޕްތަކަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުޑަކުދިންނާއި އެންމެންގެ ހާލަތު ބެއްލެވުމަށްފަހުގައެވެ.

ރާނިއާ ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ނިކަމެތިކަން ކުރިމަތިކުރުވައި އެމީހުންގެ ނަސްލު ނައްތައިލުމަށް މިޔަންމާ އިން ކުރި ކަންކަމަކީ އަދި މިހާރުވެސް ކުރަމުން ގެންދާ ކަންކަމަކީ ދުރާލައި ވަރަށް ކުރިންސުރެ ރާވައިގެން ހިންގަމުން ގެންދާ އިންށާނިއްޔަތާއި ޚިލާފު އަނިޔާވެރި ޖަރީމާތަކެއް ކަމަށެވެ. އަދި މިޔަންމާ އިން ހިންގާ މިބޮޑު ޖަރީމާ ހުއްޓުވައި މިކަމުގައި ބައިވެރިވާ އެންމެންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން