1 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް ބެލެވުނު ރޮލެކްސް އަތުކުރި ގަޑިއެއް 17.8 މިލިއަން ޑޮލަރަށް ވިކިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
1 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް ބެލެވުނު ރޮލެކްސް އަތުކުރި ގަޑިއެއް 17.8 މިލިއަން ޑޮލަރަށް ވިކިއްޖެ
އެމެރިކާގައި ކުރިއަށް ގެންދިއަ ނީލަމެއްގައި 1 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް ބެލެވުނު ރޮލެކްސް އަތުކުރި ގަޑިއެއް 17.8 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

މިގަޑިއަކީ 1968 ވަނަ އަހަރު ހޮލީ ވުޑްގެ ތަރި ޕޯލް ނިޔުމަންއަށް އޮސްކާ އެވޯޑް ލިބުމާއި ގުޅިގެން އޭނާގެ އަނބިމީހާ ޖޮއާން ވުޑްވާޑް ހަދިޔާކުރި ގަޑިއެކެވެ. ގަޑި ނީލަން ކިޔާފައިވަނީ ނިޔުމަންގެ އަންހެން ދަރިފުޅު، ނީލަން ގެ ފައުންޑޭޝަނުން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އެ ފައުންޑޭޝަނަކީ ތިމާވެށި ހިމާޔަތްކުރުމަށާއި ތައުލީމަށް އަދި ފަޤީރު ޤައުމުތަކުގަި ދަނޑުވެރިކަން ކުރިއަރުވަން އެހީތެރިވާ ޖަމިއްޔާ އެކެވެ.

ބެލެވޭގޮތުން މިއީ ނީލަމެއްގައި މިހައި ބޮޑު އަގެއްގައި މިހައިތަނަށް ވިކިފައިވާ އަތުކުރި ގަޑިއެވެ. ގަޑި ގަނެފައިވަނީ ފޯނުން ނީލަމުގައި ބައިވެރިވި "ސިއްރު" މީހެކެވެ. މި ނީލަމުގެ ސަބަބުން ރޮލެކްސް އަތުކުރި ގަޑިއަށް ތަރުޙީބު އިތުރުވެގެންދާނެއެވެ.
މިއަދު އޮންލައިން