ހިތުގައި ފާރުގަނޑެއް ހުރުމުން ފާރުގަނޑު ރަނގަޅު ނުވަނީސް އެއްގޮތަކަށްވެސް ބަނގުރާ ނުބުއިމަށް އެދި ޑޮކްޓަރު އާދޭސްކުރުމުން ޑޮކްޓަރު ކައިރިން ނުކުމެގެން ގޮސް ބަނގުރާ ބުއި މީހަކު ވަގުތުން މަރުވެއްޖެއެވެ.
އުމުރުން 38 އަހަރުގެ ސުބާތަކީ ބަނގުރާ ބުއިމަށް ދެވިހިފާފައިވާ މީހެކެވެ. އޭނާގެ ބައެއް ރައްޓެހިން ބުނެފައިވަނީ ސުބާތުގެ ފުރާނައަށް ސަމާލުކަން ދިނުން އެދި އެމީހުން ވެސް އާދޭސްކުރި ކަމަށާއި ނަމަވެސް ސުބާތު ބުނީ މިއީ އޭނާ ބަނގުރާ ބޯ އެންމެ ފަހު ފަހަރުކަމަށް ހެދުމަށް ހުރަސް ނުއެޅުމަށް އެދުނު ކަމަށާއި އޭނާ ބަނގުރާ ބޭނުންކުރަން ފެށިތާ ކުޑައިރުތޮޅެއްގެ ތެރޭގައި ނޭވާ ހާސްވި ކަމަށެވެ.
"އަހަރެމެން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިއައިން. ނަމަވެސް ޑޮކްޓަރުންނަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުލިބި އޭނާ މަރުވީ. އެއީ ރަނގަޅު ރަޙްމަތްތެރިއެއް. ސުބާތު މަރުވުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް."
ސުބާތަކީ ޢާއިލީ ދިރިއުޅުމެއް އުޅެމުންއަންނަ މީހެކެވެ. 4 ދަރިން ލިބިފައިވާއިރު އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 12 އަހަރެވެ. ހަގު ދަރިފުޅުގެ އުމުރަކީ އެންމެ 3 އަހަރެވެ.
މަސްތުވާ ތަކެތީގެ މިފަދަ މައްސަލަތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ހާސް ބައަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ. އެމެރިކާގައި ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި މިދިއަ އަހަރު ބަނގުރަލުގެ މައްސަލަތަކުގައި މިދިއަ އަހަރު އެކަނިވެސް 68،000 ފިރިހެނުންނާއި 26،000 އަންހެނުން މަރުވިއެވެ.