ކެތޮލޭނިއާ މިނިވަންވުމަށް ފާސްކޮށްފި- ކެތޮލޭނިއާގެ މައްޗަށް ވެރިވެގަތުމަށް ސްޕޭނުން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކެތޮލޭނިއާ މިނިވަންވުމަށް ފާސްކޮށްފި- ކެތޮލޭނިއާގެ މައްޗަށް ވެރިވެގަތުމަށް ސްޕޭނުން ނިންމައިފި
ކެތޮލޭނިއާގެ ޕާލަމެންޓުގައި ހިމެނޭ 135 މެންބަރުންގެތެރެއިން 70 މެންބަރުންގެ ތާއީދާއިއެކު ކެތޮލޭނިއާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފިއެވެ.

ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޕޭއިނުގެ ޕާލަމެންޓުގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ މަދަނި ވެރިކަމެއް ހިންގަން ކެތޮލޭނިއާއަށް ދީފައިވާ ބާރުތައް އަނބުރައި ގެނެސް ކެތޮލޭނިއާގެ މައްޗަށް ވެރިގަތުމުގެ ބާރު ސްޕޭއިންގެ ސަރުކާރަށް ދިނުމަށެވެ.

ކެތޮލޭނިއާ އިން މިއަދު މިނިންމި ނިންމުމާއި ގުޅިގެން އެމެރިކާ އާއި އީޔޫގެ ބާރުގަދަ ޤައުމުތަކުން ބުނެފައިވަނީ ކެތޮލޭނިއާ އިން މިނިވަންކަން އިއުލާނުކުރި ނަމަވެސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށެވެ.

ބެލެވޭ ގޮތުން ސްޕޭނުގެ ކޯޓުން ދެން ނިންމާނީ ކެތޮލޭނިއާގެ ޕާލަމެންޓުގެ މިއަދުގެ ނިންމުމަކީ ޤާނޫނާއި ޚިލާފް، ބާޠިލު ނިންމުމެއް ކަމަށެވެ. އެހެންކަމަށްވެއްޖެނަމަ ނިންމުން ވެގެންދާނީ އެއްވެސް ބާރެއް ނެތް ނިންމުމަކަށެވެ.
މިއަދު އޮންލައިން