މިދެކުދިންގެ އޮޕަރޭޝަން ކޮށްފައިވަނީ ދިއްލީގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިޓިޔުޓް އޮފް މެޑިކަލް ސައިންސް ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ކުރިއިރު އެއްމާބަނޑު ދެ ކުދިންގެ އުމުރަކީ 2 އަހަރެވެ. މި އޮޕަރޭޝަނުގައި 40 ޑޮކްޓަރުންގެ އިތުރުން 20 ނަރުހުންނާއި ޕެރމެޑިކް އެހީތެރިން ބައިވެރިވިއެވެ.
ޑޮކްޓަރުންގެ ޓީމުގައި ބައިވެރިވި ޕްލާސްޓިކް ސަރޖަން މަނީޝް ސިންހާލް ބުނެފައިވަނީ ދެ ކުދިންގެ ސިކުނޑީގެ ގިނަ ނާރުތަކެއް ގުޅިފައިވުމާއި މައްސަލަތައް ޙައްލުކުރަން ގިނަ ލޯވަޅުތަކެއް އަޅަންޖެހުމާއި ބޮޑުބައެއްގައި އަލުން ހަން އަލަންޖެހުމަކީ ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ކަމަށެވެ.
ބެލެވޭ ގޮތުން އުފަންވާ 2.5 މިލިއަން ކުދިންގެ ތެރޭގައި މިގޮތަށް ބޮލުން ގުޅިފައިވާ ދެކުދިން ހިމެނެއެވެ. އަދި ދެ ކުދިން ވަކިކުރަން ކުރާ އޮޕަރޭޝަން ކާމިޔާބުކުރެވޭ ނިޞްބަތަކީ 5 - 25 އިންސައްތައެވެ. މިގޮތަށް އުފަންވާ ކުދިންގެ 50 އިންސައްތަ ކުދިން ޢާންމުގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި މަރުވެއެވެ.
ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ކުރިއަށް އޮތް 18 ދުވަހަކީ ވަރަށް "ކްރިޓިކަލް" ދުވަސްތަކެއް ކަމަށެވެ.