ލޯބިވެރިޔާ އެހެން ބައިވެރިއަކު ހޯދުމުން 25 ތަނަށް ވަޅި ހަރައި މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ލޯބިވެރިޔާ އެހެން ބައިވެރިއަކު ހޯދުމުން 25 ތަނަށް ވަޅި ހަރައި މަރާލައިފި
ލޯބިވެގެން އުޅުނު އުމުރުން 20 އަހަރުގެ ކެރޮލީނާ، އެހެން ބައިވެރިއަކު ހޯދައި އެހެން ފިރިހެނަކާއިއެކު ބޭރުގައި އުޅެން ފެށުމުން ފާޚާނާއަކަށް ވައްދައި 25 ތަނަށް ވަޅި ހަރައި މާރާލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މަންޒަރު ފެނުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ލޯބިވެރިޔާގެ ގައަށްވެސް ވަނީ ވަޅި ހަރައިފައި ކަމަށާއި ވަޅި ހެރުމަށްފަހު އެކަންކުރި ކޮސިއެކް ފިލީ ކަމަށެވެ. އޭނާ ހޯދުމަށްފަހު ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގައި ވަނީ ކުށަށް އެއްބަސްވެފައެވެ.

ކެރޮލީނާއަކީ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރގައި އާރކިޓެކްޗަރ ކިޔަވަމުން ގެންދިއަ ޕޮލެންޑުގެ ދަރިވަރެކެވެ. އިތުރު ގަޑީގައި އޭނާ ގެންދިއައި ޕޮލެންޑް އެމްބަސީގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންނެވެ.

ކެރޮލީނާ ބުނެފައިވަނީ 2014 ވަނަ އަަހަރުން ފެށިގެން އެކީގައި އުޅުމަށްފަހު މިއަހަރުގެ އެޕްރީލް މަހު ވަކިވީ "ބޯއިފްރެންޑް" މަސްތުވާތަކެއްޗާއި މާބޮޑަށް ރައްޓެހިވުމުން ކަމަށެވެ.

ފޮޓޯ: ކެރޮލީނާ އާ ކެސިއޮކް
މިއަދު އޮންލައިން