އަމީނިއްޔާ ސްކޫލް ޕީޓީއޭ ފުޓްސަލް ޓޯނަމެންޓް 2017 މިއަދު ހަވީރު ފަށައިފިއެވެ.
މިއީ އެ ސްކޫލުގެ ހުރިހާ ކްލާހެއްގެ ފިރިހެން ބެލެނިވެރިންގެ މެދުގައި ބާއްވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ކޮން.މެ ކްލާހަކުންވެސް ޓީމުތައް ވަނީ ބައިވެރިކޮށްފައެވެ. އަދި ބައެއް ކްލާސްތަކުން ދެޓީމުވެސް ބައިވެރިކޮށްފައިވެއެވެ. ތިންދުވަހަށް ކުރިއަށްދާ މި މުބާރާތް ކުޅެނީ ވިލުފުލުސް ކުރިމަތީ އޮންނަ ވެލިދަނޑުގައެވެ.
މި މުބާރާތް ފައްޓަވައިދެއްވީ ރާއްޖޭގެ ކުޅިވަރު ޝަޚްސިއްޔަތެއް ކަމަށްވާ ސައްޔިދު ޢަލީ އެވެ.