ސައުދިއަރަބިޔާގެ ރައްޔިތުންނަށް އުމުރާވެވޭ އަގު 180 ރިޔާލައިން 100 ރިޔާލައަށް ހެޔޮކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބައަކު ދަނީ އުމުރާވަމުންނެވެ.
މިއަަހަރުގެ ހައްޖު މޫސުމަށްފަހު ހުޅުވައިލި މި ފުރުޞަތުގައި ޢާއިލާއެއް އެކުގައި އުމުރާވާނަމަ މީހަކު ދައްކަންޖެހެނީ އެންމެ 140 ރިޔާލައެވެ. އެއީ މަދީނާ ދަތުރުތައްވެސް ހިމެނޭ ގޮތަށް އެއަރކޮންޑިޝަންކުރި ކޯޗްތަކުގައި ދަތުރުކުރެވޭ ގޮތަށެވެ. ޢާއިލާ އެކުގައި އުމުރާވާނަމަ އެއަށްވުރެވެސް އަގު ހެޔޮކޮށްދެއެވެ.
2 ޙަރަމްފުޅަށް ވަނުމަށް އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ މި ދަތުރުތަކުގައި ހުކުރު ދުވަސް ހިމަނައިގެން އުމުރާ ވެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައެވެ.
ހުކުރު ދުވަސް ހިމަނައިގެން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ. ދަތުރު ނިންމައިލާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް އެމީހަކު ދަތުުރުފެށި ތަނަކަށެވެ.