ސައުދީން ހުޅުވައިލި ފުރުޞަތުގެ ބޭނުން ބޭރުގެ ގިނަ ކުންފުނިތަކަކުން ހިފަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސައުދީން ހުޅުވައިލި ފުރުޞަތުގެ ބޭނުން ބޭރުގެ ގިނަ ކުންފުނިތަކަކުން ހިފަން ނިންމައިފި
އިނާޔަތްތަކާއިއެކު ސައުދީގައި އިންވެސްޓްކުރުމުގެ ފުރުޞަތު ބޭރުގެ ކުންފުނިތަކަށް ހުޅުވައިލުމުން ބޭރުގެ ގިނަ އިންވެސްޓަރުން އެ ފުރުޞަތުގެ ބޭނުން ހިފަން ނިންމައިފިއެވެ.

މިކަމަށް ބިލިއަނަރުންތައް ކުރިމަތިލުމުގައި ތަފާތު މަޤްޞަދުތައް ހިމެނޭކަމަށް ބެލެވެއެވެ.

މުސްލިމުންގެ އަތުން ކޮންޓްރޯލް ގެއްލިފައިވާ ގިނަ މުސްލިމް ޤައުމުތަކުގައި އެކަން އެގޮތަށް ހިނގަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތަކެވެ. އެމީހުންނަށް ލިބިދޭންޖެހޭ ހައްޤުތައް އިތުރުވުމެވެ.

ޔޫއޭއީ އަކީ މިކަމުގައި އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ އެއް ޤައުމެވެ. ޔޫއޭއީ އަކީ މުސްލިމް ޤައުމެއް ނަމަވެސް އިސްލާމީ ވަންތަކަމުގެ ސިފަތައް އެ ޤައުމުން މިހާރުވެސް ވަނީ ގެއްލިފައެވެ. ޔޫރަޕުގައި ކުރާ ހުރިހާ ކަމެއް މިއަދު ޔޫއޭއީގައި ހުއްދައެވެ.

ބުރާސްފަތިދުވަހު ވެރިރަށް ރިޔާޛްގައި ކުރިއަށް ގެންދިއަ އިންވެސްޓްމަންޓް ފޯރަމްގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ބިލިއަނަރުން ބައިވެރިވިއެވެ. މި ފޯރަމުގައި ބިލިއަނަރު ރިޗަރޑް ބްރެންސަން ވަނީ އަތުގައި ފައިސާ ހުރި ނަމަވެސް ވިޔަފާރިކުރަން ނުއެނގޭކަމަށް ބުނެ އަރަބި މަހުޖަނުންނަށް ފާޑުކިޔައިފައެވެ.

އޭނާއަކީ އުމުރުން 17 އަަހަރުގައި ކުޑަކުދިންގެ މަޖައްލާއެއްގެ އެޑިޓަރުކަމުން މަސައްކަތްފެށި މީހެއް ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އޭނާގެ 300 ކުންފުނި މިހާރު ވިޔަފާރީގައި ހަރަކާތްތެރިވާކަމަށް ބުނެ އޭނާގެ މޮޅުކަން ވަނީ ދައްކާލައިފައެވެ.

މިއަދު އޮންލައިން