ސްޕެއިން ބައެއްގެ ގޮތުގައި އޮންނަ ކެތޮލޭނިއާއަށް މިނިވަންކަން ލިބޭނެ އެއްވެސް މަގެއް އަދި ފެންނާކަށް ނެތެވެ. ސްޕެއިންގެ ސަރުކާރުން މިހާރު ވަނީ ކެތޮލޭނިއާގެ ޕާލަމެންޓް އުވާލައިފައެވެ. އަދި މިމަސައްކަތް ކުރަނީ ކެތޮލޭނިއާގެ ވެރިކަމުގައި ތިބި މީހުން ޞުލްޙަވެރިކަމާއިއެކު ވެރިކަމުން ދުރުކުރުމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކެތޮލޭނިއާ އާއިމެދު ގޮތެއް ނިންމުމަށް އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޢާންމު ވޯޓެއް ނަގާނެއެވެ. އެވޯޓަށްފަހު ކެތޮލޭނިއާއަށް މިހާރު ލިބިފައިވާ މިނިވަންކަމުގެ ހުރިހާ ބާރުތަކެއް ގެއްލިގެންދާނެއެވެ. އެ ސަރަހައްދުގައި ވެސް އޮންނާނީ ސްޕޭއިންގެ ވެރިކަމުގެ ބާރުތައް ފުރިހަމައަށް ހިނގާ ވެރިކަމެކެވެ.
ކެތޮލޭނިއާގެ ސަރުކާރު އިސްތިއުފާ ދިނުމުގެ ކަންކަން މި ހަފްތާ ބަންދުގައި ކުރިއަށް ނުގެންގޮސްފިނަމަ ސްޕޭއިނުގެ ސަރުކާރުގެ ފުރިހަމަ ބާރު އެ ސަރަހައްދުގައި ހިންގާނެއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން މި މައްސަލައިގައި ތާއީދުކުރަނީ ސްޕޭއިނުގެ ސަރުކާރަށެވެ. އެހެންކަމުން ކެތޮލޭނިއާއަށް މިނިވަންކަން ލިބޭނެ އެއްވެސް މަގެއް އަދި ފެންނާކަށް ނެތެވެ. ޖެހޭނީ އިތުރަށް އަޅުވެތިވާންކަމަށް ވަނީ ބެލެވިފައެވެ.