ޖޯޖް ބުޝްއަށް އަންހެނުންގެ އުރަމަތީގަ ހިފުމުގެ ބަލި ޖެހިފަވާކަން ހާމަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖޯޖް ބުޝްއަށް އަންހެނުންގެ އުރަމަތީގަ ހިފުމުގެ ބަލި ޖެހިފަވާކަން ހާމަވެއްޖެ
އިރާޤް ހަފުސްކޮށްލައި އިރާޤްގެ ރައީސް ސައްދާމް ހުސައިން ދަންޖައްސައި އަވަހާރަކޮށްލުވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ބައްޕަ ބުޝް އަށް އައު ފާޑެއްގެ ބައްޔެއް ޖެހިފައި ކަމާއި އެބައްޔަކީ އަންހެނުންގެ އުރަމަތީގައި އަތްލުމުގެ ބަލިކަން ހާމަވެއްޖެއެވެ.

އެމީހުންގެ އުރަމަތީގައި ވަހުޝީ ބުޝް އަތްލާފައިވާކަމަށް ބުނެ 4 އަންހެނަކު ނެރުނު ބަޔާނާއި ގުޅިގެން ބުޝްގެ އޮފީހުން ބުނީ އޭނާއަށް ފުރޮޅުލީ ގޮނޑިއެއްގައި އިންނަންޖެހުމުން ބައެއް ފަހަރު އޭނާގެ އިޚްތިޔާރަކާއި ނުލައި އަންހެނުންގެ އުރަމައްޗާއި ދިމާއަށް އޭނާގެ އަތް ވެއްޓެނީ ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ މަޢާފަށް އެދޭ ކަމަށެވެ.

ނިޔުޔޯކުގެ ތަރި ގްރޮލްނިކް ބުނީ ވަހުޝީ ބުޝް 2016 ވަނަ އަަހަރު އޭނާގެ އުރަމަތީގައި އަތްލީ ބަލިވެ އުޅެމުން ނޫން ކަމަށާއި ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންވެސް ނޫން ކަމަށެވެ. "ފޮޓޯ ސެސަނުގައި އަހަރެން ހުރީ އޭނާ އާއި އެންމެ ގާތުގަ. އަހަރެންގެ އެންމެ މަޤްބޫލް ޖާދޫގަރަކީ ޑޭވިޑް ކޮޕް-އަ ފީލް" ކަމަށް ބުނަމުން އޭނާ އަހަރެންގެ އުރަމަތީގައި އަތްލީ."

ވަހުޝީ ބުޝް މިކަންކުރިތަން އޭނާގެ އަންހެނުންނަށް ފެންނާނެ ކަމަށްވެސް ގްރޮލްނިކް ވަނީ ބުނެފައެވެ. އުމުރުން މިހާރު 93 އަހަރުވެފައިވާ އަނިޔާވެރިޔާ ބުޝް ޖިންސީ ގޯނާކުރިކަމަށްބުނެ 4 އަންހެނަކު ވަނީ ބަޔާންދީފައެވެ.
މިއަދު އޮންލައިން