އޮންލައިނުން ވިއްކާ ކްރީމްތަކަށް ސަމާލުވޭ- ހަމުގެ ކެންސަރާ ބަލިތައްވެސް ޖެހިދާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އޮންލައިނުން ވިއްކާ ކްރީމްތަކަށް ސަމާލުވޭ- ހަމުގެ ކެންސަރާ ބަލިތައްވެސް ޖެހިދާނެ
މިހާރަކަށް އައިސް ތަފަތު ބޭނުންތަކަށް ހަމުގައި އުނގުޅާ ކްރީމްތައް އޮންލައިންކޮށް ވިއްކަމުން ގެންދާ ކަމަށާއި އެގޮތަށް ވިއްކާ ކްރީމްތަކަށް ސަމާލުވުމަށް ޔޫއޭއީގެ ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ އޮންލައިންކޮށް ވިއްކާ ކްރީމްތަކުގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ކްރީމްތަކަކީ ކޮލިޓީ ގަރަންޓީކުރެވިފައިވާ ތަކެތި ނޫން ކަމަށެވެ. އަދި މިފަދަ ބާވަތްތައް ބޭނުންކުރުމުން ކެންސަރާއި އެހެނިހެން ބަލިތައް ޖެހެމުން އަންނަ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން ރީތިވުމަށާއި ދޮން ވުމަށް ކްރީމްތައް ގަނެގެން އުނގުޅާކަމަށާއި އެކަން ކުރަނީ ޑޮކްޓަރުންގެ އެއްވެސް ލަފައެއް ނުހޯދައި އިންޓަރނެޓުން ފެންނަ އިޝްތިހާރުތަކަށް އިތުބާރުކޮށްގެން ކަމަށެވެ.

އެމިނިސްޓްރީން ބުނެފައިވަނީ ކްރީމް ބޭނުންކުރުމުން ލިބުނު ފައިދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު މީހުން ހާމަކުރާ މައުލޫމާތަށް އިތުބާރުކޮށްގެން ނުވާނެ ކަމަށާއި އިތުބާރުކުރަންޖެހޭނީ ތަޖުރިބާހުރި ޑޮކްޓަރުންގެ ބަސްތަކަށް ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ވިއްކާތަކެތި ބޭނުންކުރަންޖެހޭނީ ޑޮކްޓަރުންގެ އިރުޝާދު ލިބިގެން ކަމަށެވެ.
މިއަދު އޮންލައިން