ސައުދީގެ ފަތުރުވެރިކަން ކުރިއަރުވަން ޓޫރިސްޓް ވިސާ ދޫކުރަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސައުދީގެ ފަތުރުވެރިކަން ކުރިއަރުވަން ޓޫރިސްޓް ވިސާ ދޫކުރަން ފަށަނީ
ސައުދިއަރަބިޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ޤައުމުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ޓޫރިސްޓް ވިސާ ދޫކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަށްޓަކައި އެކުލަވައިލި ޕްލޭން މިހާރު ވަނީ ސަރުކާރުން ފާސްކޮށްފައި ކަމަށް އެ ޤައުމުން ބުނެފިއެވެ.

ތަފާތު ފިޔަވަޅުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެދަށުން ފުރަތަމަ ފިޔަވަހީގައި ވިސާ ދޫކުރަން ހަމަޖެހިފައިވަނީ ހުއްދަދީފައިވާ ޓުއަރއޮޕަރޭޓަރުން މެދުވެރިކޮށް އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގްރޫޕުތަކަށެވެ.

ޝޫރާ މަޖިލީހުގެ މެންބަރު އަދި ތާބުކް ޓޫރިޒަމް ކައުންސިލުގެ އެގްޒެކަޓިވް ޖަމާލް އަލްފަޚްރީ ވިދާޅުވެފައިވަނީ ސައުދިއަރަބިޔާއަކީ ސަރަހައްދީ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ޤައުމަށް ހެދުން ކަމަށެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރުގެ ޕަބްލިކްއިންވެސްޓްމަންޓް ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެދަށުން ވިސާ ދޫކުރަން ހަމަޖެހިފައިވަނީ ސައުދީގައި ބާއްވާ ތަފާތު ފެސްޓިވަލްތަކަށާއި ފަތުރުވެރިކަމުގެ ސަރަހައްދުތަކުގެ ގޮތުގައި އިޝްތިހާރުކުރަމުން ގެންދާ ސަރަހައްދުތަކަށެވެ. އެއިގެތެރޭގައި އަސާރީ ތަންތަން ވެސް ހިމެނެއެވެ.

ޓޫރިސްޓް ވިސާގެދަށުން ސައުދީއަށްދާ ފަތުރުވެރިންނަށް މައްކާ ާއި މަދީނާގެ ސަރަހައްދުތަކަށް ދެވޭނެކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން