ފަސްޓް އެއިޑް ޓްރީޓްމެންޓް މެޕް ބެއިޖިންގ ގައި ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ފަސްޓް އެއިޑް ޓްރީޓްމެންޓް މެޕް ބެއިޖިންގ ގައި ތަޢާރަފްކޮށްފި
ފަސްޓް އެއިޑް ޓްރީޓްމެންޓް މެޕް ބެއިޖިންގ ގައި ތަޢާރަފްކޮށްފިއެވެ.

މި މެޕް ތަޢާރަފްކޮށްފައިވަނީ ވަރލްޑް ސްޓްރޯކް ޑޭ ފާހަގަކުރުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބެއިޖިންގ ގެ 69 ހޮސްޕިޓަލުން ވަނީ މި މެޕް ދެމެހެއްޓުމަށް އެއްބަސްވެފައެވެ. އަދި ސްޓްރޯކެއް ޖެހިފައިވާ މީހަކަށް ފަރުވާދޭނެ ގޮތުގެ ނަމޫނާތަކެއް ވަނީ ދައްކާލާފައެވެ.

މި މެޕުގައިވާގޮތުން ސްޓްރޯކެއް ޖެހިގެން އަންގައިފިނަމަ އެންމެ ލަސްވެގެން އެއްގަޑި އިރުތެރޭގައި އެތަނަކަށް ޙާޟިރުވުމަށާއި އެކަމަށް ފަރުވާދިނުމަށް ބޭނުންވާ ސާމާނު އަބަދުވެސް ބެހެއްޓުން ހިމެނެއެވެ. އަދި ފުރަތަމަ އެހީ ދޭ މީހުންނަކީ ކަމަށް ޤާބިލު މީހުން ކަމަށް ހެދުމަށް ތަމްރީނު ދިނުން ހިމެނެއެވެ.

ޗައިނާގެ ސިއްޙީ ރިޕޯޓުތައް ބުނާގޮތުން 2016 ވަނަ އަހަރު އެ ޤައުމުގައި 2 މިލިއަން މީހުންނަށް ސްޓްރޯކް ޖެހިފައިވާ އިރު، އަހަރަކު 1.8 މިލިއަން މީހުން މަރުވެއެވެ.

ޗައިނާގެ ހެލްތު އެންޑް ފެމެލީ ޕްލޭނިންގ ކޮމިޝަނުން ބުނީ މި ތަޢާރަފްކުރި މެޕްގެ ސަބަބުން ސްޓްރޯކް ޖެހިގެން ޙާލުބޮޑުވެ، އަދި މަރުވާ ޢަދަދު މަދުވާނެ ކަމަށެވެ.


މިއަދު އޮންލައިން