ސައުދީ އެއަރލައިން ފިޔަވައި އެހެން އެއަރލައިންތަކުން ދަތުރުކުރާ ޕަސިންޖަރުންނަށްވެސް ހައްޖަށާއި އުމްރާ އަށް ދިއުމަށް ވިސާދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި މިވަނީ ހައްޖަށާއި އުމްރާ އަށް ސައުދީ އެއަރލައިނުންދަތުރުކުރާ ފަސިންޖަރުންނަށް އެކަނި ވިސާ ދޭ ގޮތަށް ހަމަޖެއްސުމަށްފަހުއެވެ.
މިގޮތަށް ނިންމީ ހަމައެކަނި ސައުދީ އެއަރލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ވިސާދޭ ގޮތަށް ހަމަޖެއްސުމުން ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާކުރިމަތިވާނެތީ ކަމަށާއި ބޭނުން ވަނީ ދިވެހިންނަށް ފަސޭހަ ގޮތެއްގައި ހައްޖަށާއިއުމްރާއަށް ދެވޭނެ ގޮތް ހަމަޖައްސައިދޭންކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުންޏެވެ.
ހަމައެކަނި ސައުދީއަރަބިއްޔާގެ ޤައުމީ އެއަރލައިނުން ދަތުރުކުރާފަސިންޖަރުންނަށް ވިސާ ދޭ ގޮތަށް ހަމަޖެއްސުމުން ވަރަށް ގިނަ ބައެއްގެ ޝަކުވާ ލިބުނު ކަމަށާއި އެހެންކަމުން އެ އުސޫލް ބަދަލުކުރިކަން ޕެސެންޖަރ ސޭލްސްއެޖެންޓުންނަށް އަންގާފައިވާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ޓްރަވެލް އެޖެންސީތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ހައްޖަށާއި އުމްރާ އަށް ވިސާ ދޫކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެދެ އަޅުކަމަށް ދާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވިސާ ދިނުމަށްހަމަޖައްސާފައި ވަނީ ސައުދީ އެއަރލައިނުން ދަތުރުކުރާ ފަސިންޖަރުންނަށްކަމަށެވެ. އަދި ބާކީ 50 އިންސައްތަ ވިސާ އެޤައުމެއްގެ ޤައުމީ އެއާލައިނަށް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ޤައުމީ އެއަރލައިން ސައުދީއަރަބިއްޔާއަށް ދަތުރުނުކުރާތީ ހުރިހާ ވިސާއެއް ދޫކުރަން ނިންމާފައިވަނީސައުދީ އެއަރލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއިން ރާއްޖެއިން މިއަހަރު ގްރޫޕްތަކުންހައްޖަށް ދިޔަ މީހުން ދަތުރުކުރީ އެކި އެއަރލައިންތަކުގައެވެ. ނަމަވެސްހައްޖު ކޯޕަރޭޝަންގެ ހުރިހާ ހައްޖުވެރިން ދަތުރުކުރީ ސައުދިއާ އިންނެވެ.