ރޮކް އެން ރޯލްގެ ނަމުގައި ޗައިނާގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މެރަތަން ބާއްވައިފިއެވެ.
މި މެރަތަންގައި 10,000 މީހުން ވަނީ މެރަތަން ނިންމާފައެވެ. ޗައިނާގެ ހުޅަނގުދެކުނުގެ އަވަށަކުން ފެށި މި މެރަތަން ނިންމާލާފައިވަނީ އެ ޤައުމުގެ މެދުގައި އޮންނަ ޑުޖިޔަންގޔަން އަށެވެ.
މި މެރަތަންގައި ޗައިނާގެ ދުވުންތެރިއެއްކަމަށްވާ ޒައޯ ހާއޯ ވަނީ 2 ގަޑި 39 މިނެޓު 42 ސިކުންތުން މެރަތަން ފުރިހަމަކޮށްފައެވެ. އަދި މިއީ މި ރޭސް ފުރަތަމަ ނިންމި ޗައިނާގެ އަންހެން ދުވުންތެރިޔާއެވެ.
1998 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރޮކް އެން ރޯލް މެރަތަން ސީރީޒްއަކީ ދުވުމާއި ހިނގުންވެސް އެކުލެވިގެންވާ ހަރަކާތެކެވެ.
މި އިވެންޓު ކުރިއަށްދާ އިރު، އެކި މަގުތަކުގެ އެކި ހިސާބުތަކުގައި ސަޕޯޓުކުރުމަށް މީހުން ބައިތިއްބާފައެވެ. އަދި އެކި ހިސާބުތަކުގައި ބޭންޑުތަކުން މިއުޒިކު ކުޅުމާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައްވެސް ބާއްވައެވެ.