އެމީހުން ވަނީ ފަލަސްޠީނަށް ދިއުމަށްޓަކައި 174 ދުވަހު ހިނގައިފައެވެ. 5 ގައުމެއް ހުރަސްކޮށްފައެވެ. އެމީހުންވަނީ ފަލަސްޠީނަށް ގޮސް ފަލަސްޠީނުގެ މަގުތަކުގައިވެސް ހިނގައިފައެވެ. އަދި ފަލަސްޠީނުގެ ބިންތަކުގެ ގޮތުގައި މިހާރުވެސް އޮތް ބިންތަކުގެ މައްޗަށް ޔަހޫދީން ވެރިވެގަނެ ގެދޮރު އަޅަމުންދާ މަންޒަރު ބަލައި އެކަން ކުށްވެރިކޮށްފައެވެ.
އިނގިރޭސި ދައުލަތުން ޔަހޫދީންނަށް ފަލަސްޠީނުގެ ބިންތައް ވިއްކައިލި މަޝްހޫރު ބެލްފޯ ޑެކްލަރޭޝަން ތަންފީޒުކުރީ 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
މުޅި ދުނިޔެއަށް ވެރިވެގަނެގެން އުޅުނު އިނގިރޭސީންގެ ސަބަބުން އުފެދުނު ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފަލަސްޠީނަށެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށްގެން ތިބުމަށްފަހު އެބިންތަކުން ފެއިބީ މީގެ 100 އަހަރުކުރިންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްޠީނަކީ އަޅުވެތި ބައަކަސްވެފައިވާތާ 100 އަހަރު ފުރުނީއެވެ.
އިނގިރޭސި ދައުލަތުން ހިންގާފައިވާ މިފަދަ ބޮޑެތި ޖަރީމާތަކަށް ބަދަލު ހޯދަން ދުނިޔެ ވަނީ އަދިވެސް ނުކުޅެދިފައެވެ.