"ތިބާއަށް ބާރުލިބި ދުނިޔޭގައި ހުންނައިރު ތިބާ ބޭނުންވަރަކަށް އުފާކޮށްބަލާށެވެ. ހީނ މަޖާކޮށް ނަށައި ހަދައިބަލާށެވެ. ކުރާނެ ކަމެއް ކޮށްބަލާށެވެ. އުޅޭނެ ގޮތަކަށް އުޅެބަލާށެވެ.
ކިތަންމެ އުފަލާއި މަޖަލުގައި އުޅުނު ނަމަވެސް ތިބާ އާއިވެސް މަރު އައިސް ބައްދަލުކުރާނެއެވެ. ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. ދާންޖެހޭނީ ފަސްގަނޑުގައި ކޮނެވޭ ވަޅަކަށެވެ. އަންދައިވެސް ލެވިދާނެއެވެ.
ވިސްނާށެވެ. މަރުވުމަށްފަހު ތިބާއަށް ކުރެވޭނެ އެއްވެސް އިތުރު ކަމެއް ނުއޮންނާނެއެވެ. ތިބާގެ ދުލާއި އަމަލުތައް ވާނީ ހުއްޓުވިފައެވެ. ދުނިޔޭގައި ތިބާ ކުރި ހުރިހާ ކަމަކާއި ބައްދަލުކުރަން ތިބާއަށް ޖެހޭނެއެވެ. އެކަމުން ސަލާމަތްވެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ކިތަންމެ ބާރުގަދަ މީހަކު ނަމަވެސްމެއެވެ. ކިތަންމެ މުއްސަނދި އަދި މަޝްހޫރު މީހަކު ނަމަވެސްމެއެވެ. އަދި ކިތަންމެ ބޮޑު، ބާރުގަދަ ވެރިއެއް ނަމަވެސްމެއެވެ."
އެކި މީހުން އިސްލާމްވަނީ އެކި ސަބަބު މެދުވެރިވެގެންނެވެ. ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. މަޝްހޫރު ބްރިޓްނީ ސްޕެއަރސް އިސްލާމްވީ މަރާއި ކައްވަޅުގެ ވާހަކަތައް އަޑުއިވުމުން ކަމަށް ބެލެވެއެވެ.
ގުޅުންހުރި ވީޑިއޯ: