ޕެރަޑައިސް އައިލެންޑް ރިސޯޓުގެ "އަވަރ ކަޕް" ފައިނަލު މެޗު ފަސްކޮށްފިއެވެ.
އެ ރިސޯޓުން ބުނީ މި މެޗު ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ތަންދޭނަމަ މާދަމާ މި މެޗު ކުޅޭނެ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 5 ޓީމުން ވާދަކޮށްފައިވާ އިރު، ފައިނަލުގައި ބައްދަލުކުރާނީ އެފް އެންޑް ބީ ސަކްސެސް އާއި އެޗްކޭ އަމިގޯސްއެވެ.
މިއީ އެ ރިސޯޓުގެ މުއައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވާ، ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު އިތުރުކުރުވާ، މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.