އައިސިސް ބާރުވެރިކުރުވީ ތެލުން ވައްކަންކަން ކުރުވަންކަން ފަޅާއަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އައިސިސް ބާރުވެރިކުރުވީ ތެލުން ވައްކަންކަން ކުރުވަންކަން ފަޅާއަރައިފި
އައިސިސް ކިޔާ ބައަކު އުފައްދުވައި އެމީހުންނަށް ހަތިޔާރުދީ ތެޔޮބިންތައް އަތުލުވައި ބާރުވެރިކުރުވީ ތެލުން ވައްކަންކުރުންކަން ފަޅާއަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ލީބިޔާގައި ހިސޯރުކޮށްފައިވާ ތެޔޮވަޅުތަކުން ސީރިޔާއިން ކޮންމެ އަހަރަކު އެތައް ބިލިއަން ފީފާއެއްގެ ތެޔޮ އިޓަލީއަށް ގެންދެއެވެ. އިޓަލީގެ ފައިނޭންސް ގާޑުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ރިޕޯޓްތައް ބުނާގޮތުން އިޓަލީގެ ރިފައިނަރީތަކުން ނެގި ސާމްޕަލްތަކުން އެއީ ލީބިޔާ އާއި ސީރިޔާއިން ވަގަށް ހޯދާފައިވާ ތެޔޮކަން ވަނީ ސާބިތުވެފައެވެ.

އިޓަލީން މިފަދަ ޗެކެއް ކޮށްފައިވަނީ އައިއެސް އިން ވަގަށް ތެޔޮ އެތެރެކުރުމުން ސަރުކާރަށް ލިބެންޖެހޭ ޓެކްސް ނުލިބޭތީއެވެ. 2016 ވަނަ އަަހަރުވެސް 2 ބިލިއަން ޔޫރޯގެ ޓެކްސް ނުލިބިވާކަމަށް ރިޕޯޓުގައި ބުނެއެވެ.

މައްސަލަ ތުހުމަތުކުރެވުނީ އިޓަލީގައި ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނި "އެނި" އަށް ތެޔޮ ވިއްކަން ހުށަހެޅި ޕްރަޕޯސަލަކާއިގުޅިގެންނެވެ. އެ ޕްރަޕޯސަލްގައިވާ އަގު ހެޔޮ ކަމުންނާއި ފައިސާ ދައްކާނެ ގޮތް ލުއިކަމުން ކަންބޮޑުވެގެން އެކުންފުނިން ސަރުކާރަށް މައްސަލަ ހުށަހެޅުމުންނެވެ.

މި މައްސަލަތަކާއި ގުލިގެން މިދިއަ ހަފްތާގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 50 މީހެއްގެ މައްސަލަ ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ފިނޭންސް ގާޑުން ޤަބޫލުކުރާ ގޮތުގައި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު 80،000 ޓަނުގެ ތެޔޮ ބަރުކުރި 30 ޓޭންކަރު ވަނީ އިޓަލީއަށް ތެޔޮ އުފުލައިފައެވެ. އިޓަލީއަށާއި އެހެން ޤައުމުތަކަށް ތެޔޮ ގެންދަނީ މޯލްޓާގެ ޓޭންކަރުތަކުގައި ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

މިއީ އިޓަލީން އެނގުނު މިންވަރެވެ. އެހެން ޤައުމުތަކުގެ ކަންކަން އެނގޭނީ ދިޜާސާއެއް ކޮށްފި ނަމައެވެ.
މިއަދު އޮންލައިން