ޝޫރާ މަޖިލީހުން ސައުދީ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކުރަން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޝޫރާ މަޖިލީހުން ސައުދީ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކުރަން އަންގައިފި
ސައުދިއަރަބިޔާގެ ޝޫރާ މަޖިލީހުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތަކުގެ ޓިކެޓުގެ އަގު ހެޔޮކުރަން އެ ޤައުމުގެ އެވިއޭޝަން އިދާރާތަކަށް އަންގައިފިއެވެ. އަދި "ސެލް ސަރވިސް ސިސްޓަމްތައް" އެއާޕޯޓުތަކުގައި ޤާއިމުކުރުމަށްވެސް ވަނީ އަންގައިފައަވެ.

ޝޫރާ މަޖިލީހުން މިކަންކަން ކުރުމަށް އެންގީ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއެވިއޭޝަންގެ އަހަރި ރިޕޯޓް ދިރާސާ ކުރުމަށްފަހުގައެވެ.

ކަސްޓަމަރުން ހުށަހަޅާ މައްސަލަތަކަށް ސަމާލުކަން ދިނުމަށާއި މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށްވެސް ޝޫރާ މަޖިލީހުން ވަނީ ސިވިލްއެވިއޭޝަން އިދާރާތަކަށް އަމުރުކޮށްފައެވެ.

ޤައުމުގެ ރައްޔިތުންގެ މަޖިލީހުން މިފަދަ ކަންކަން ބަލައި މިފަދަ ނިންމުންތައް ނިންމާނަމަ ޤައުމުގެ ކަންކަން ދާނީ ރަނގަޅުވަމުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން