އިންޑިއާގެ ރާޖަސްތާނުގައި ކައިވެނީގެ ހަފްލާއެއް ކުރިއަށް ދަނިކޮށް އެ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް ގޮވައި 13 މީހުން މަރުވެއްޖެއެވެ. ޓްރާންސްފޯމަރު ގޮވުމާއި ގުޅިގެން ވަގުތުން 4 މީހަކު ވަނީ މަރުވެފައެވެ.
ފުލުހުން ބުނީ ގިނަ ބައަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދެވުނު ކަމަށެވެ.
މިކަމާއި ގުޅިގެން އިލެކްޓްރިސިޓީ ބޯޑަށް ވަނީ ރައްޔިތުންގެ ނުރުހުން ރައްދުކޮށްފައެވެ. އެމީހުން ބުނީ އެ ޓްރާންސްފޯމަރުން ދުން އަރާތީ އާއި ތަފާތު މައްސަލަތައް ކުރިމަތިވާނީ އެކަން ރަނގަޅުކޮށްދިނުމަށް އެތައް ފަހަރެއްގެ މަތިން ވާނީ އެދިފައި ކަމަށެވެ. ނަމަވެސް އެއްވެސް ބައަކު އަޅައިނުލާ ކަމަށެވެ.