މިއަދަކީ ބެލްފޯ ޑިކްލަރޭޝަނަށް 100 އަަހަރު ފުރޭ ދުވަހެވެ.
މުޒާހަރާކުރި މީހުން ބުނީ އެމީހުންގެ ބިންތައް ވިއްކައިލުމުގެ ޒިންމާ އުފުލަން އިނގިރޭސިވިލާތައް ޖެހޭނެ ކަމަށާއި އެކަމަށް އެންމެ ކުޑަމިނުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ. އިނގިރޭސިވިލާތުން ގެންދަނީ މަޢާފަށް އެދުމަށް ދެކޮޅު ހަދަމުންނެވެ.
އިނގިރޭސިވިލާތުން މައާފަށް އެދެން ދެކޮޅު ހަދަނީ އެއީ އެޤައުމުން ކުރި ކުށެއް ކަމަށް ޤަބޫލުނުކުރާތީއެއް ނޫނެވެ. ބަދަލުދޭންޖެހިދާނެ ކަމުގެ ބިރަށެވެ.
ބެލްފޯ ޑިކްލަރޭޝަނަކީ ފަލަސްޠީނުގެ މިނިވަންކަން ގެއްލި އަޅުވެތިވާންޖެހުނު ސަބަބުކަމަށްވާއިރު އެއީ މުޅި އިންސާނިއްޔަތަށް އިނގިރޭސިވިލާތުން ކޮށްފައިވާ "ދިގުދެމިގެންދާ" އެންމެ ބޮޑު އަނިޔާއެވެ.