އެމެރިކާއިން ސީރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެގަނެ ސީރިޔާއަށް އަތް ގަދަކުރުމަށްފަހު މިހާރު ކުރަމުން ގެންދަނީ ސީރިޔާގެ ހަނގުރާމައިގެ ތެރެއަށް އިޒްރޭލު ވެއްދުވުމުގެ މަސައްކަތްތަކެވެ.
އިޒްރޭލުން ސީރިޔާގެ އެއާޕޯޓަށާއި އެހެންވެސް ތަންތަނަށް ހަަމަލާ ދެމުން ގޮސް އިއްޔެ ވަނީ ހަތިޔާރު ހުރި އިމާރާތަކަށް ހަމަލާދީފައެވެ. އެތަނުގައި ހުރީ ސީރިޔާ ސަރުކާރުގެ ހަތިޔާރުކަން ނުވަތަ ހަނގުރާމަވެރި ޖަމާއަތެއްގެ ހަތިޔާރުކަން އަދި ވަނީ ސާފު ނުވެފައެވެ.
އައިއެސް ނައްތައިލުމުގެ ނަމުގައި ސީރިޔާގެ ހަނގުރާމައިގެތެރެއަށް އަމިއްލައަށް ވަދެގެންފައިވާ އެމެރިކާއަކީ އައިއެސްގެ ބައްޕައެެވެ. ބެލެނިވެރިޔާއެވެ. އެންމެ ބޮޑު އެހީތެރިޔާއެވެ.
އައިއެސް ބާރުވެރިކުރުވައި ސީރިޔާގެ ބިންތަކަށް ވެރިކުރުވީ ސީރިޔާ "ފުނޑައިލުމުގެ" މަޤްޞަދުކަން މިދަނީ އިތުރަށް ޔަޤީން ކުރެވެމުނެވެ. ސީރިޔާއަކީ އީރާނަށްފަހު އިޒްރޭލަށް އޮތް އެންމެ ބޮޑު ބިރުކަަމަށް ވަނީ ބެލެވިފައެވެ.