ކުވައިތުގެ ބޮޑުވަޒީރުކަމުން މިދިއަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި ޖާބިރު މުބާރަކް އަލްޞަބާޙް އަލުން އެ މަޤާމަށް އައްޔަނުކުރައްވައި ވަޒީރުންގެ މަޖިލީހެއް އެކުލަވައިލައްވަން ކުވައިތުގެ އަމީރު އަންގަވައިފިއެވެ.
ޖާބިރު މުބާރަކް އަލްޞަބާޙް އާއި އެމަނިކުފާނުގެ ވަޒީރުން އިސްތއިއުފާ ދެއްވީ މިދިއަ ހޯމަ ދުވަހު އެވެ. ކުވައިތުގެ ސަރުކާރަކީ ވަރަށް އަވަސްއަވަހަށް ބަދަލުވަމުން އަންނަ ސަރުކާރެއްކަން ފާހަގަކޮށް ޤާނޫނީ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފައުލުކުރައްވަމުންނެވެ.
ކުވައިތަކީ މާލީ ގޮތުން ފުދުންތެރި އަދި އެތެރޭގެ ހަަމަޖެހުން އޮތް ޤައުމަކަށްވާއިރު މިހައި އަވަސްއަވަހަށް ވެރިކަން ބަދަލުވާންޖެހޭ ސަބަބާއިމެދު ވަނީ ސުވާލުތައް އުފެދިފައެވެ.