ލޮލުން ކަރުނައެއް ނުހިކޭ- ވިސްނުމުގަ އަަބަދު ހުންނަނީ 2 ދަރިން ދިރިތިބި ކަމާމެދު ކުރެވޭ ސުވާލު!: މަންމަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ލޮލުން ކަރުނައެއް ނުހިކޭ- ވިސްނުމުގަ އަަބަދު ހުންނަނީ 2 ދަރިން ދިރިތިބި ކަމާމެދު ކުރެވޭ ސުވާލު!: މަންމަ

ދުބާއީގައި ދިރިއުޅޭ ކަޒަކިސްތާނުގެ އަންހެނެއްކަމަށްވާ އުމުރުން 35 އަަހަރުގެ ޗިނާރާ ކަސިމޮވާ ބުނަނީ އޭނާގެ ދެލޮލުން ކަރުނަ ހިކޭ އެއްވެސް ވަގުތަކު ނުހިކޭ ކަމަށެވެ. ހިތުގައި އަބަދުމެ އުފެދިފައި އޮންނަ ސުވާލަކީ ދެ ދަރިން ކަމަށްވާ އުމުރުން 7 އަަހރުގެ މަރިޔަމް އާއި އުމުރުން 3 އަހަރުގެ މުޙައްމަދު ދުނިޔޭގައި ހުރިކަމުގެ ސުވާލެވެ.

މަންމަ ބުނާގޮތުން ދުބާއީގައި އެކީގައި ދިރިއުޅުމަށްފަހު ޗުއްޓީއަކަށް ކަޒަކިސްތާނަށް ދިއައީ އެކަންޏެވެ. އެނބުރި އައިދުވަހު ބަލައި އެއާޕޯޓަށް ދާނެ ކަމަށްވެސް ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ފިރިމީހާ ބުންޏެވެ. ނަމަވެސް ބަލައެއް ނުދެއެވެ. ކާރެއްގައި ދިރިއުޅޭތަނަށް އައިއިރު ހުރީ ބޭރުން ތަޅުލައިފައެވެ. ގުޅައި ގުޅައި ފޯނެއް ނުނެގިއެވެ. އެ ރޭ ނިދީ މިސްކިތުގައެވެ.

ފަހުން އެނގުނު ގޮތުގައި ފިރިމީހާ ވަނީ ދެ ދަރިން ގޮވައިގެން ސީރިޔާގެ ހަލްބަށް، އޭނާގެ ރަށަށް ގޮސްފައެވެ. އެއިގެފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދާއި ހަމައަށްވެސް ދެދަރިންގެ އަދި ފިރިމީހާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

މަންމަ ބުނަނީ މިފަދަ ގޮތަކަށް 2 ދަރިން ވަގަށް ނަގައިގެން ގެންގޮސްފާނެ ކަމަށް ދުވަހަކުވެސް ޤަބޫލުނުކުރާ ކަމަށެވެ. އަދި ހަނގުރާމައިގެ ބިރުވެރިކަން އިންތިހާއަށް އޮތް ތަނަކަށް 2 ދަރިން ގެންގޮސްފާނެކަމަށް ވެސް އެއްވެސް ވަރަކަށް ޤަބޫލުކުރެވިފައި ނެތް ކަމަށެވެ.

ބިޔުޓީ ސެލޫނެއްގައި މަސައްކަތްކުރާ މަންމަ ބުނަނީ އޭނާއަށް އަބަދު ރޮވޭތީ މިހާރު މަސައްކަތްވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް ދަރިން ދިރިތިއްބައި ބައްދަލުވާނެ ކަމަށް ކުރާ އުންމީދު ދޫކޮށްނުލާނެ ކަމަށެވެ.
މިއަދު އޮންލައިން