ރާކިން ސްޓޭޓުން މަރަން ބޭނުންވިވަރަށް މުސްލިމުން މެރުނުކަން ކަށަވަރުކުރަން ދަގަނޑު ސޫކީ ރާކިން ސްޓޭތަށް!
މިޔަންމާގެ ރާކިން ސްޓޭޓުން އޭނާ މަރަން ބޭނުންވިވަރަށް ރޮހިންޔާ މުސްލިމުން މެރުނުކަމާއި ބޭރުކުރަން ބޭނުންވި ވަރަށް މުސްލިމުން ބޭރުކުރެވުނުކަން ކަށަވަރުކުރަން މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ އެ ސްޓޭތަށް ހިނގައްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ދަގަނޑު ސޫކީ ރާކިން ސްޓޭޓަށް މިއަދު ދިއައީ ކުރިން އެންގުމަކާއި ނުލައެވެ.
ނޯބަލް ޕްރައިޒް ނިތްކުރީގައި ތަތްކޮށްގެން ހުރި އަނިޔާވެރި އަންހެނާ މިހުރިހާ ދުވަހު ދެ ތުންފަތް ތަޅުލައި ދެލޯ މަރައިގެން ހުރުމަށްފަހު ރާކިން ސްޓޭޓަށް މިއަދު ދިއަ ނަމަވެސް ހަމަހޭގައި ތިބި ދުނިޔޭގެ މީހުންނަށް ވާނުވާ ވަރަށް ރަނގަޅަށް އެނގެއެވެ.
މިޤަރުނުގައި ދުނިޔެއިން ފެނުނު އެންމެ އަނިޔާވެރި އަންހެނާގެ "ޝަރަފު" ދަގަނޑު ސޫކީއަށް ލިބިފައިވާއިރު އޭނާގެ އަނިޔާވެރިކަން ހިމާޔަތްކުރަން މަސައްކަތްކުރާ މީޑިއާތަކުން ބުނަނީ އަނިޔާވެރިވީ އެ ޤައުމުގެ އަސްކަރިއްޔާއިން ކަމަށެވެ. އަސްކަރިއްޔާގެ މައްޗަށް ދަގަނޑު ސޫކީގެ ބާރު ނުހިނގާ ކަމަށެވެ.
މިފަދަ ބަހަނާތަކަކީ އެއްވެސް ހައޞިއްޔަތަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ޤައުމުގައި ހިންގާ އަނިޔާވެރިކަން ހައްދުފަހަނައަޅައިފައިވާ ޖަރީމާތަކާއި ދެކޮޅަށް އެންމެ ކުޑަމިނުން ބަހެް ނުބުނެ އެކަންކަން ދަގަނޑު ސޫކީ ދިފާއުކޮށްފައިވުމުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ބޮޑެތި ޖަރީމާތަކުން ރެކުމުގެ ފުރުޞަތު ދަގަނޑު ސޫކީއަށް ވަނީ ގެއްލިފައެވެ.