ކޯރުން އެރި ކިބުލެއް މީހަކު ހޭލައްވާލައިފިއެވެ.
ސަތިގުމާ ޑާމާއި ކިލޯ މީޓަރެއްހައި ދުރުގައި އޮންނަ އަވަށެއްގައި ދިރިއުޅޭ ދަޝަރަތު މަދްކަމި އަށް ދަންވަރު 3 ޖެހިއިރު ހޭލެވުނީ ގަދައަޑެއް އިވިގެންނެވެ. ގޯތި ތެރެއަށް ބަލައިލުމުން ފެނުނީ 12 ވަރަކަށް ފޫޓު ހުރި ކިނބުލެކެވެ.
އޭނާގެ މަސައްކަތުން އަވަށުގެ އެހެން މީހުން ހޭލެއްވުމުން އެންމެން އައިސް ކިނބޫ ބަނދެ މަރައިލަން ބޭނުންވިއެވެ. ނަމަވެސް ޖަނަވާރު ހިމާޔަތްކުރާ މީހުން ބޭނުންވީ ކިނބޫ ގެންގޮސް އެއެތި ކުރިން އުޅުނު ކޯރަށް ދޫކޮށްލުމަށެވެ.
އެމީހުން ބުނީ އެއީ ބިސްއަޅަން އެއްގަމަށް އެރި ކިނބުލެއް ކަމަށާއި އޮޅިގެން އެއްގަމަށް އައީކަމަށްވެދާނެ ކަމަށެވެ.
އަވަށުގެ މީހުން ބުނީ ހަމަ އެކޯރަށް ދޫކޮށްލައިފިނަމަ އެނބުރި އަތުވެދާނެ ކަމަށާއި އެ ކޯރަށް ދޫކޮށްލަން ދޫނުކުރާނެ ކަމަށެވެ. ރައްޔިތުންގެ އެދުމަށް ކިނބޫ ގެންގޮސް ދޫކޮށްލީ ދުރުގައި އޮންނަ ކޯރަކަށެވެ.