އިންޑިއާގެ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ އިންޓަރބްރޭންޑް އިންޑިއާ އިން ނެރޭ އިންޑިއާގެ ބްރޭންޑް ރިޕޯޓުގައި މިއަހަރުވެސް އެއްވަނަ ގްރޫޕަކަށް ޓާޓާ ގްރޫޕު ހޮވިއްޖެއެވެ.
މިއީ "ލޮނުން ފެށިގެން ސޮފްޓްވެއަރއަށް" ތަކެތި އުފައްދާ އެކުންފުންޏަށް މި ދަރަޖަ ލިބުނު ފަސްވަނަ އަހަރެވެ.
73،944 ކުރޯޑް ރުޕީސްގެ އަގުހުރި މިގްރޫޕުގެ ވިޔަފާރި މިއަހަރު ވަނީ 0.4 އިންސައްތަ ދަށަށް ގޮސްފައެވެ.
ދެވަނަ ލިބިފައިވަނީ މުކޭޝް އަމްބާނީގެ މޭސްތިރިކަމުގައި އެއާޓެލް ހިންގާ ރިލަަަޔަންސް އިންޑަސްޓްރީއަށެވެ.
މަރުޓީ ސުޒުކީ ވަނީ އެންމެ ބާރަށް ކުރިއަރަމުން އަންނަ ބްރޭންޑްގެ ގޮތުގައި ދެވަނަ އަހަރަށް ހޮވިފައެވެ.