ފަލަސްޠީނުގެ ބިންތައް އިނގިރޭސި ދައުލަތުން ޔަހޫދީންނަށް ވިއްކައިލުމުގެ އަދަބެއްގެ ގޮތުން ވެސް ފަލަސްޠީނުގެ މިނިވަންކަން ނުވަތަ މިނިވަން ދައުލަތް ބަލައިގަންނަން އިނގިރޭސިވިލާތަށް ޖެހެއެވެ.
އެހެން ނަމަވެސް އިނގިރޭސިވިލާތުން ގެންދަނީ އެކަން ކުރުމުގެ ބަދަލުގައި ފަލަސްޠީނުގެ ބިންތައް ވިއްކައިލުމަށް 100 އަހަރު ފުރުން ފާހަގަކުރަން ތައްޔާރުވަމުންނެވެ. އަންނަ ބުރާސްފަތި ދުވަހަށް ތައްޔާރުވަމުންނެވެ.
އޯއައިސީ އިން އިއްޔެވެސް އިނގިރޭސިވިލާތަށާއި އެހެން ޤައުމުތަކަށްގޮވާލާފައިވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށެވެ. އޯއައިސީ އިން ބުނެފައިވަނީ ބިންތައް ވިއްކައިލި ބޯފޮރ ޑިކްލރޭޝަނަކީ ނުބައިކަން ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ. ޖިނާޢީ ބޮޑު ކުށެއް ކަމަށެވެ.
އޯއައިސީ އިން ގޮވާލާ މިފަދަ ގޮވާލުންތަކުގައި އެއްވެސްް ބާރެއް ނުހުރެއެވެ. އެެކަމުގެ އެންމެ ބޮޑު ސަބަބަކީ އެއްކޮޅުން މިފަދަ ގޮވާލުންތައް ގޮވާލަމުން، އޯއައިސީގެ މެންބަރުންގެ ތެރޭގައި ހިމެނޭ އެންމެ އިސް އަދި ބާރުގަދަ ޤައުމުތަކުން އިނގިރޭސިވިލާތާއި އަދި އެހެންވެސް ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބަދަހިކުރަމުން ގެންދިއުމެވެ.