އުފަންވި އިރު ގުޅިފައިވާ ސޫދާނުގެ 2 ކުދިން ވަކިކުރަން ސައުދީގަ އޮޕަރޭޝަން ކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އުފަންވި އިރު ގުޅިފައިވާ ސޫދާނުގެ 2 ކުދިން ވަކިކުރަން ސައުދީގަ އޮޕަރޭޝަން ކުރަނީ
އުފަންވިއިރު ހަށިގަނޑުން ގުޅިފައިވާ ސޫދާންގެ ދެކުދިންގެ ހަށިގަނޑު ވަކިކުރަން ސައުދީގެ އޮޕަރޭޝަން ޑޮކްޓަރުން ދަނީ ތައްޔާރުވަމުންނެވެ.

ޖަނާ އާއި ޖުއާ ގެ އޮޕަރޭޝަންކުރުމުގެ ކަންކަން ހަމަޖައްސަވައިދެއްވީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އެވެ. އޮޕަރޭޝަން ކުރާނީ ރިޔާޛްގައި ހުންނަ ކިންގ ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގެ ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލުގައެވެ.

މިދެކުދިންނަކީ އުމުރުން 13 މަހުގެ ދެ އަންހެން ކުދިންނެވެ. ގުޅިފައިވަނީ މެއިންނެވެ. އޮޕަރޭޝަން ކާމިޔާބުވުމުގެ އުންމީދު 60 އިންސައްތަ ކަމަށް ޑޮކްޓަރުން ބުނެއެވެ.

މިއަދު އޮންލައިން