ތުރުކީގެ ރައީސް އުރުދުޤާން ބުރާސްފަތި ދުވަހު ތަޞްދީޤް ކުރެއްވި އިޞްލާޙުގައި ވަނީ މުފްތީންނަށް ކައިވެނިކޮށްދިނުމުގެ ހުއްދަ ދެއްވައިފައެވެ. އެހެންކަމުން ސަރުކާރުން ހިންގާ ކައިވެނި ރަޖިސްޓްރީކޮށްދޭ ތަންތަނުގެ އިތުރުން މުފްތީންނަށް ވެސް ކައިވެނިކޮށްދެވޭނެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ މިފަދަ ހުއްދައެއް މުފްތިންނަށް ދިނުމަކީ ކައިވެނި ރަޖިސްޓްރީ ނުކޮށް އެކުގައި ދިރިއުލެން މަގުފަހިވާނެ ކަމެއް ކަމަށެވެ. މިހައިތަނަށް އެ ޤައުމުގައި ކައިވެނިކޮށްދެމުން އައީ އެކަމަށް ސަރުކާރުން އުފައްދާފައިވާ މަރުކަޒުތަކުގައެވެ.
ތުރުކީގެ ގިނަ ރައްޔިތުންނަކީ މުސްލިމުންނެވެ. ތުރުކީގައި ދީން ޤަބޫލުނުކުރާމީހުން އިތުރުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން އަންނަ ވަގުތެްގައި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމުން ގިނަ ބައަކު ބުނަނީ ދީން ޤަބޫލުނުކުރާ މީހުން މިކަމުގެ ނާޖާއިޒު ފައިދާތައް ނަގާނެ ކަމަށެވެ.
ސަރުކާރުން ބުނަނީ ިފަދަ ބިލެއްގެ ސަބަބުން ކައިވެނިކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ޝައްކު އުފެދޭ މައްސަލައެއް ކުރިމަތިވެއްޖެނަމަ ސަރުކާރުން އެކަމެއް ބަލާނެ ކަމަށެވެ.