50 ކްރޯޑް ރުުޕީސްގެ އަގުހުރި ޕާޓީ ޑްރަގާއެކު މިޔަންމާގެ ޑޝްރަގު ކިންގަކު އިންޑިއާ އިން އަތުލައިގެންފިއެވެ.
ސުމް މާންގ ނަމަކަށް ކިޔާ މިމީހާ އަތުލައިގަތީ ނިޔުދިއްލީގެ ފުލުހުންނެވެ.
ފުލުހުން ބުނަނީ އޭނާ އާއި ގާތް ގުޅުމެއް އޮންނަ އިތުރު ދެމީހަކުވެސް އަތުލައިގަނެވިފައިވާ ކަމަށެވެ. މިދެ މީހުންނަކީވެސް އިންޑިއާގެ ދެ މީހުންނެވެ.
ފުލުހުން ބުނީ މި ގޭންގަކީ އިންޑިއާގެ އުތުރު އިރުމަތީ ސަރަހައްދުތައް މެދުވެރިކޮށް މިޔަންމާއަށް ޑްރަގު ފޮނުވާ ބައެއް ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިކަމުގައި އަތުލައިގެންފައިވަނީ ބޭސް އުފައްދާ ކުންފުނިތަކާއި ގުޅިގެން މިބާވަތުގެ ޑްރަގު އުފައްދުވާ މީހެއް ކަމަށެވެ. އަދި މިބާވަތުގެ ޑްރަގަކީ ބުންވަރު އިތުރުުކޮށްދޭ އެއްޗެއް ކަމަށް ބެލެވޭއިރު މިއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ދާދިފަހުން ރާއްޖޭގައިވެސް މިފަދަ ޕާޓީ ދްރަގުތަކާއި ގުޅުންހުރި މަރުގެ 2 ހާދިސާ ހިނގައިފައެވެ. ނަމަވެސް އެއީ ކޮންތާކުން ގެނެވިފައިވާ ޑްރަގުކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.