ލަންކާގަ ޕެޓްރޯލްވިއްކުން ކޮންޓްރޯލްކުރުމުން ވެހިކަލްތަކުގެ ކިޔޫ ދިގުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ލަންކާގަ ޕެޓްރޯލްވިއްކުން ކޮންޓްރޯލްކުރުމުން ވެހިކަލްތަކުގެ ކިޔޫ ދިގުވެއްޖެ
އަަވަށްޓެރި ސްރީ ލަންކާގައި ޕެޓްރޯލް މަދުވުމުގެ ސަބަބުން ވިއްކުން ކޮށްޓްރޯލުކޮށްފައިވާތީ ވެހިކަލްތަކުގެ ކިޔޫ އިއްޔެއިން ފެށިގެން ދިގުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ލަންކާއިން ބުނީ މިފަދަ މައްސަލައެއް މެދުވެރިވީ ލަންކާ އިންޑިއަން އޮއިލް ކޯޕޮރޭޝަނަަށް އެތެރެކުރި ޝިޕްމަންޓެއްގައި އޯޑަރުކުރި މިންތަކާއި ދިމާނުވުމުގެ މައްސަލައެއް ހުރުމުން ޝިޕްމަންޓް ބަލައިނުގެންފައިވާތީ ކަމަށެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަނަށް އެތެރެކުރާ ޝިޕްމަންޓް ހޯމަ ދުވަހު ލިބޭނެ ކަމަށާއި އަންގާރަ ދުވަހު މައްސަލަ ހައްލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިފަދަ މައްސަލަތައް ދިމާވަނީ ތެޔޮ ރައްކާކުރާނެ ޓޭންކް އެކަށީގެންވާ އަދަދަކަށް ނެތުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއަދު އޮންލައިން