އިންޑިއާގެ ހިންދޫ ފައްޅިއެއްގެ ބޭރުގައި ކުނިއަޅަން ބަހައްޓާފައި ހުރި ކުނިވަށިގަނޑަކަށް އަޅުކަންކުރާ ވީޑިއޯއެއް ހާމަވެއްޖެއެވެ.
ވީޑިއޯގައި ފެންނަގޮތުން ފައްޅިއަށް ވަންނަމުންނާއި ނުކުންނަމުން ޑަސްޓްބިނަށް ގިނަ އަދަދެއްގެ އަންހެނުން އަޅުކަންކުރެއެވެ. ފެން އަޅައި މާފަތި ބަހައްޓައި ހަދައެވެ.
ޑަސްޓްބިން ހަދާފައިވަނީ އޮސްޓްރޭލިއާގައި އުޅޭ ކެންގަރޫއެއްގެ ސިފައިގައެވެ. ހިންދޫންނަކީ ޖަނަވާރަށް އަޅުކަންކުރާ ބައެކެވެ. ނަމަވެސް ކެންގަރޫއަކީ އިންޑިއާގައި އުޅޭ ޖަނަވާރަކަށް ނުވާއިރު ކެންގަރޫއަށް އަޅުކަންކުރަންޖެހެންވީ ސަބަބަބާއިމެދު ސުވާލު އުފެދެއެވެ.
ޑަސްޓްބިނަކީ ސަރުކާރުން އެ ތަނުގައި ކުނިއަޅަން ބަހައްޓާފައިހުރި ޑަސްޓިބިނެކެވެ.
ގުޅުންހުރި ވީޑިއޯ: