ދުނިޔޭގެ ރެކޯޑް ހެދުމަށްޓަކައި 800 ކިލޯ ހަނޑޫ ބޭނުންކޮށްގެން އިންޑިއާގެ މަޝްހޫރު ކެއުމެއް ކަަމަށްވާ ކިޗްޑީ ކައްކައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މަޝްހޫރު ބޮޑުކައްކާ ސަންޖީވް ކަޕޫރު ބުނީ 1000 ލިޓަރު ފެނުގައި ހަނޑުލާއި މުގާއި އެހެން ތަކެތި އަޅައިގެން ކެއްކުމަކީ ބުރަ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ވާނީ ކޮށްފައި ކަމަށެވެ.
50 ބޮޑުކައްކާއިން ބައިވެރިވެގެން ކެއްކި ކެއްކުން ކައްކައި ނިމުމުން ފުރަތަމަ ރަހަ ބެއްލެވީ ނައިބް ރައީސް އެމް ވެންކިއާއެވެ. ގިނަ އަދަދެއްގެ މިނިސްޓަރުންވެސް ވަނީ މިކަމުގައި ބައިވެރިވެފައެވެ.