އެންމެ ފަސޭހައިން ވިޔަފާރިކުރެވޭ ޤައުމުތަކުގެ ދުނިޔޭގެ ލިސްޓުގައި 2014 ވަނަ އަހަރު އިންޑިއާއަށް ލިބިފައިވަނީ 142 ވަނައެވެ. މިއަަހރު ލިބުނީ 100 ވަނައެވެ.
އެހެންކަމުން މިއީ 42 ވަނައިގެ ކުރިއެރުމެކެވެ.
މިކަމާއި ގުޅިގެން ބޮޑުވަޒީރު މޯދީ ވަނީ އެމަނިކުފާނަށް ކުރެއްވޭ ކަންކަން އަދިވެސް އިދިކޮޅު ފަރާތްތަކަށް ނުފެންނަނީތޯ ސުވާލުކުރައްވައިފައެވެ.
މޯދީ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކުރު މުއްދަތުގައި އިންޑިއާއަށް ވިޔަފާރި އާއި އިޤްޠިޞާދީ ގޮތުން ވަރަށް ބޮޑެތި ކުރިއެރުނތައް މިހާރުވެސް ހޯއްދަވައިދެއްވައިފައެވެ. ޚާއްޞަކޮށް ކޮރަޕްޝަން ހުއްޓުވުމަށް މޯދީ ގެންދަވަނީ ވަރަށް ބޮޑެތި މަސައްކަްތޕުޅުތައް ކުރައްވަމުންނެވެ.
ވިޔަފާރިތަކަށް ފަސޭހަވުމުގައި މިހައި ބޮޑު ކުރިއެރުމެއް ިއިންޑިއާއަށް ލިބިގެންމިދިއައީ ވިޔަފާރި ފެށުމަށާއި އެހެން ކަމާއި ގުޅުވައިގެން ދޭންޖެހޭ ރިޝްވަތު މަދުވުމުގެ ސަބަބަބުން ކަމަށް ވަނީ ބެލެވިފައެވެ.