ކައިވެނީގެ ބޭރުން ލިބިފައި ތިބޭ އަންހެން ދަރިންނާއި އެކުދިންގެ ބައްޕައިންނަށް ކައިވެނިކުރެވޭނެ ކަމަށް މިޞުރުގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ މާޒިން އަލް-ސެރުސާވީ ވިދާޅުވިކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ދޮގު މައުލޫމާތުތަކެއް ފަތުރަމުން އެބަގެންދެއެވެ.
ވީޑިއޯ އަޑުއެއްސެވުމަށްފަހު ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިލްމުވެރިޔާ ވިދާޅުވެފައިވަނީ ކައިވެނީގެ ބޭރުން ލިބޭ ދަރިންނަކީ އެއްވެސް ގޮތަކުން ބައްޕައިންނާއި ގުޅުމެއް ނެތް ދަރިން ކަމަށް ޝާފިއީގެފާނު ވިދާޅުވި ކަމަށް އޮންނަ ރައުޔެއް އޮންނަ ކަމަށާއި ނަމަވެސް ކިތަންމެ މޮޅު އިލްމުވެރިއަކަށްވެސް ކުށް ބަސްފުޅެއް ވިދާޅުވެވިދާނެ ކަމަށެވެ. އަދި އެ ރައުޔަކީ ވާރިދު ވަމުން އަންނަ ބަސްފުޅެއް ނަމަވެސް ދީނުގެ އެހެން ހުރިހާ އިމާމުން މި ބަސްފުޅާއި ދެކޮޅު ކަމަށެވެ. އަދި އިލްމުވެރިއަކަށް ނުވަތަ އިމާމަކަށް ނަމަވެސް ކުށް ބަހެއް ވިދާޅުވެވިދާނެ ކަމަށާއި ނަމަވެސް އެއީ އެ އިލްމުވެރިއެއްގެ އަގު ވައްޓައިލަން ޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.
ހުޅަނގުގެ މީޑިއާތަކުން ހޫނު ޚަބަރެއްގެ ގޮތުގައި އެޚަބަރު ފަތުރަމުން ގެންދަނީ އެ ވީޑިއޯގައި ބުނެފައިވަނީ ކައިވެނީގެ ބޭރުން ލިބޭ ދަރިންނަކީ އަސްލު ދަރިން ނޫން ކަމަށާއި އެފަދަ ދަރިންނާއި ބައްޕައިންނަށް ކައިވެނި ކުރެވޭނެ ކަމަށް އިލްމުވެރިޔާ ވިދާޅުވިކަމަށެވެ.
މިވާހަކަފުޅު ދެއްކެވި އިލްމުވެރިޔާއަކީ މުސްލިމުންގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔަވައިދެއްވާ އިިލްމުވެރިއެކެވެ. އޭނާގެ ދީނީ ފަތުވާތައް ވަރަށް ގިނައިން ފެންނަން ވެސް އެބަހުއްޓެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ ވީޑިއޯގައި އިލްމުވެރިޔާ ވަނީ އިމާމް ޝާފިޢީ ދިފާއުކުރައްވާފައި ކަމަށާއި ނަމަވެސް ހުޅަނގުގެ މީޑިއާތަކުން ވަނީ އޮޅުވާލާފައި ކަމަށެވެ.
އިންޓަރނެޓުން ފެންނަ މިބާވަތުގެ ކަންކަން އިލްމުވެރިންގެ އަރިހުން އޮޅުންފިލުވައިގެން ނޫނީ ޤަބޫލުނުކުރުމަށް ސަމާލުކަން ުދިނުން ވަރަށް މުހިންމެވެ.
ޚަބަރުގެ ވީޑިއޯ: