18 މަހުގެ ތުއްތު އަންހެންކުއްޖަކު ޖެހިގެން ހުރި ގެއަށް ދިއައީ އެގޭގައި ތިބޭ ދެކުޑަކުދިންނާއިއެކު ކުޅޭށެވެ. އެގޭގައި 2 އަހަރުގެ ކުއްޖަކާއި 4 އަހަރުގެ ކުއްޖަކު ހުންނައިރު 3 ކުދިން އުޅެނީ ވަރަށް އެކުގައެވެ.
3 ކުދިން ކުޅެން ގޯތި ތެރޭގައި ތިއްބާ ފެނުމުން 33 އަހަރުގެ ފިރިހެން މީހާ 18 މަހުގެ ކުއްޖާ ގެންގޮސް ކޮޓަރިއަށް ވައްދައި އޭނާގެ ދެދަރިންގެ ކުރިމަތީގައި ރޭޕްކޮށްލީއެވެ.
ކުއްޖާގެ މައިން ބަފައިންނަށް ދަރިފުޅު ފެނުނީ ލެއިން ތަތްތެޅިފައި އޮއްވައެވެ. އެއިރު ކުއްޖާ އޮތީ ގެންގޮސް ގެގޭ ކައިރީގައި ބާއްވައިފައެވެ.
ކުއްޖާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދަނީއެވެ. ކުއްޖާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ދެއެވެ. ފުލުހުން މިހާރު ވަނީ އެކަންކުރި މީހާ ހައްޔަރުކޮށްފައެވެ.