ކޮރަޕްޝަނުގެ މައްސަލަތަކުގައި ސައުދީ 11 ޕްރިންސުންނާ 4 މިނިސްޓަރުންނާ ކުރީގެ މިނިސްޓަރުންތަކެއް ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ކޮރަޕްޝަނުގެ މައްސަލަތަކުގައި ސައުދީ 11 ޕްރިންސުންނާ 4 މިނިސްޓަރުންނާ ކުރީގެ މިނިސްޓަރުންތަކެއް ހައްޔަރުކޮށްފި
ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ސައުދީގެ 11 ޕްރިންސުންނާއި މިހާރުގެ 4 ވަޒީރުންނާއި ކުރީގެ 10 އަކަށްވުރެ ގިނަ ވަޒީރުން ހައްޔަރުކޮށްފިއެވެ.

ސައުދީ އޭސީސީގެ މަސައްކަތްތަކަށް އިއްޔެ އިތުރުކުރި ޚާއްޞަ ކޮމިޓީން ބުނެފައިވަނީ 2009 ވަނަ ޖިއްދާގައި ފެން ބޮޑުވި މައްސަލަ އާއި ޞިއްޙީ ގޮތުން ބޮޑު ނުރަކަލަކަށްވެފައިވާ ކޮރޯނާ ވައިރަސްގެ މައްސަލައިގެ ފައިލްތައް އަލުން ހުޅުވައި މައްސަލަތައް ބަލާނެ ކަމަށެވެ.

ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ މިކޮމިޓީގެ މަސައްކަތްތަކުގެ ސަބަބުން ޤައުމީ އޭސީސީގެ މަސައްކަްތތަކަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން