މޫސުން ގޯސްވެގެން ޕާކިސްތާނުގެ ފްލައިޓެއް ޖައްސާ، ދަތުރުކުރި ފަސިންޖަރުން ބަހުގައި ދަތުރުކުރުމަށް ބުނެފިއެވެ.
މިއީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ގެ ފްލައިޓެކެވެ. މި ފްލައިޓް ދަތުރުކުރީ އަބޫދާބީން ފުރައިގެން ޔޫއޭއީ އަށް ދިއުމަށް ފަހު، ރަހިމް ޔަރ ޚަންއަށް ދިއުމަށެވެ.
ދުންފިނީގެ އަސަރު ބޮޑުވެގެން އިތުރަށް ދަތުރު ނުކުރެވޭނެކަމަށް ޕައިލެޓުންނަށް ފެންނާތީ ޕާކިސްތާނުގެ ލާހޯރު އެއަރޕޯޓުގައި ބޯޓު ޖެއްސުމަށްފަހު އެއަރލައިންގައި ދަތުރުކުރި ޕަސެންޖަރުން ބަހުގައި އެމީހުންގެ މަންޒިލުތަކަށް ދިއުމަށް އެދުނެވެ. އަދި އެކަމުގެ ޚަރަދުވެސް އެއަރލައިންގެ ފަރާތުން ދިނެވެ.
ލާހޯރު އެއަރ ޕޯޓުން ރަހިމް ޔަރ ޚަން އާދެމެދު 624.5 ކިލޯމީޓަރު ހުންނަ އިރު، ފަސިންޖަރުން ވަނީ އެމީހުން މުލްތާން އެއަރޕޯޓަށް ގެންގޮސްދިނުމަށް އެދިފައެވެ. އެއީ 292 ކިލޯމީޓަރުގެ ރާސްތާއެކެވެ. ނަމަވެސް އެއަރލައިންސްއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.