ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި ސައުދިއަރަބިޔާގެ އާސިރު ސްޓޭޓްގެ ޑިޕިޔުޓީ ގަވަރުނަރު ޕްރިންސް މަންޞޫރު އަލް މުޤްރިން އާއި އިތުރު 7 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން އާދީއްތަ ދުވަހު މިހާދިސާ ހިނގާފައިވަނީ ފަރުބަދަމަތީ ސަރަހައްދެއްގައެވެ. ޕްރިންސްގެ ދަތުރުފުޅަކީ އެ ސަރަހައްދުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ކުރެއްވެވި ދަތުރުފުޅެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަބަބު އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ވެއްޓުމުގެ ވަގުތުކޮޅެއް ކުރިން ރާޑަރަށް ގެއްލުނު ކަމަށް ބުނެއެވެ.