ޕްރިންސް އަލްވަލީދު ހައްޔަރުކުރުމުން ކުންފުނިތަކުގެ ހިއްޞާގެ އަގު ވެއްޓިއްޖެ- ރާއްޖެއަށް އަސަރުކުރާނެ!
ސައުދީ ބިލިއަނަރު ޕްރިންސް އަލްވަލީދު ހައްޔަރުކުރުމުން އޭނާގެ ޙިއްޞާ އޮންނަ ކުންފުނިތަކާއި އޭނާގެ އަމިއްލަ ކުންފުނިތަކުގެ ހިއްޞާގެ އަގު ވެއްޓިއްޖެއެވެ.
މިކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެއެވެ. ރާއްޖޭގައި ފޯރސީޒަންސް މަރުކާގެ ރިޒޯޓްތައް ހިންގާއިރު އެ ރިޒޯޓުތަކުގެ ވެރިފަރާތަކީ ޕްރިންސް ވަލީދުގެ ކިންގޑަމް ހޯލްޑިންގ ކޮމްޕެނީއެވެ.
ފޯރ ސީޒަން މަރުކާއަށް އެކަނި ބެލި ނަމަވެސް އެކުންފުނީގެ މަޤާމުތަކުގައި 34،000 މުވއްޒިފުން ދަނީ މަސައްކަްތކުރަމުންނެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އޭސީސީ ޚާއްޞަ ކޮމިޓީން ޕްރިންސް ވަލީދު ބަންދުކޮށްފައިވާއިރު އެއްވެސް މުއްސަނދިކަމެއް ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ ދާދިފަހުން ވަނީ އޭނާ އަވަހާރަވުމަށްފަހު އޭނާގެ އަމިއްލަފުޅު ހުރިހާ ވިޔަފާރިތަކެއް އޭނާ އުފައްދަވާފައިވާ ޗެރިޓީ ޖަމިއްޔާއަށް ހަދިޔާ ކުރައްވައިފައެވެ.
ޕްރިންސް ވަލީދަކީ ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމުގައި ޕްރިންސް ވަލީދަށް ވަނީ ރާއްޖެއިން ޚާއްޞަ ޝަަރަެއްވެސް އަރުވައިފައެވެ.