ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔަން ޖެހެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކޮންމެ ކަމެއް ކުރެއްވެވުމުގެ ކުރިން ބިސްމިﷲ ވިދާޅުވިއެވެ.
ބިސްމިﷲ ކިޔައި ކަންކަން ކުރުމުން ޝައިޠާނާގެ ކިބައިން ސަލާމަތްކަން ލިބެއެވެ. ބިސްމިﷲ ނުކިޔާ ކާނަމަ ތަށީގެ އެއްފަޅިން ޝައިޠާނާ ކައެވެ.
ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ވެސް އެކަމަކަށް އޮންނަ ޛިކުރު ކިޔައިގެން ކުރުމުން ޝައިޠާނާގެ ކިބައިން ސަލާމަތްވެއެއެވެ.
އެހެންނަމަވެސް މިއަދު އެކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެއް ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ.
މި ވީޑިއޯއަކީ ބިސްމިﷲ ކިޔުމާއި ނުކިޔުމުގެ ތަފާތު ދައްކައިދޭ ވީޑިއޯއެކެވެ. މިފަދަ ވީޑިއޯތައް ދަރިންނަށް ދެއްކުމުން އެކަން އެކުދިންގެ ހަނދާނުގައި ހަރުލުން ބޮޑުވާނެކަން ދިރާސާތަކުން ދައްކައެވެ.
ގުޅުންހުރި ވީޑިއޯ: